Last Updated: May 7, 06:20
Tuesday, May 7, 2024
ޚަބަރު

އުކުޅަހުން ދެ ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އއ.އުކުޅަސް - ފޮޓޯ: ރާއްޖެއެމްވީ

އއ. އުކުޅަހުން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ޕޮޒިޓިވް ވެފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ރަށަށް ދިޔަ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކާއި 41 އަހަރުގެ ފިރިހެނެކެވެ. އެގޮތުން މި މި މީހުން ޕޮޒިޓިވް ވެފައިވަނީ ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އެމީހުންގެ ގައުމަށް ދިއުމަށް ނެގި ސާމްޕަލްއިން ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ އިގްތިސާދު އަލުން ނެގެހެއްޓުމުގެ ގޮތުން މިދިޔަ ޖުލައި މަހުގައި ވަނީ ބޯޑަރު ހުޅުވާލައި ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރެވޭނެ މަގުފަހިކޮށްފައެވެ. އަދި ލޯކަލް ޓޫރިޒަމް އަށް ރަށްރަށް ފަތުރުވެރިންނަށް ދެވޭނެ އިންތިޒާމު މިދޔަ އޮކްޓޯބަރ މަހުން ފެށިގެން ވަނީ ހަމަޖައްސާފައައެވެ.

ބަލީގެ މާބޮޑު ނުރައްކަލެއް އެއަށް ފަހަށް އަދި މިހާތަަނަށް ބޮޑުވެފައިނުވިނަމަވެސް ރައްކާތެރިވުމަށް ސިއްހީ މާހިރުން ދަނީ ގޮވާލަމުންނެވެ. އެގޮތުން މި ބަލި އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ ވެސް ވައިގެ މަގުން ދަތުރުކުރި ކުރި ފަރާތްތަކެއްގެ ހަށިގަނޑުންނެވެ.