Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު

މުއްދަތު ހަމަވެފައިވާ އައިޑީކާޑު މެދުވެރިކޮށް ދެން ދަތުރު ނުކުރެވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރެ --

އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސްގެ މުއްދަތު ހަމަވެފައި ވީނަމަވެސް އެޑޮކިއުމެންޓްތައް ބޭނުން ކޮށްގެން އެތެރޭގެ ދަތުރުތައް ކުރެވޭ ގޮތައް މީގެ ކުރިން ހަމަޖައްސާފައި އޮތް އުސޫލަށް ބަދަލުގެނެސް، މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓް ދައްކައިގެން ދަތުރު ނުކުރެވޭ ގޮތައް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނިންމައިފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވިދާޅުވީ ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ދަތުރުކުރާ ފަރާތްތައް ދެނެގަންނަން މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސް ބޭނުން ނުކުރާނެ ކަމަށެވެ.

އަދި މިއަދުން ފެށިގެން ދަތުރުކުރުމުގެ ފުރިހަމަ ހުއްދަ ލިބޭނީ މުއްދަތު ހަމަވެފައިނުވާ މިފަދަ މުހިއްމު ލިޔެކިޔުންތައް ހުށައެޅުމުން ކަމަށެވެ.

މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ކޮށްގެން ދަތުރު ކުރެވޭ ގޮތަށް އޮގަސްޓް މަހުގެ ނިޔަލަށް ހަމަޖެއްސުމަށްފަހު އަނެއްކާވެސް ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހަމަޖެއްސީ ކޮވިޑް 19 އާއި ގުޅިގެންނެވެ.