Last Updated: May 7, 06:20
Tuesday, May 7, 2024
ޚަބަރު

ޓެރަރިޒަމްގެ ތުހުމަތުގައި ރާއްޖެއިން އިންޑިޔާ މީހަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓް. ފޮޓޯ: ވީނިއުސް

ޓެރަރިޒަމްގެ ތުހުމުގައި ރާއްޖެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ރާޖް ޕްރަޝާންތް ނަމަކަށް ކިޔާ 28 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ.

ކޯޓުން ވަނީ މިމީހާގެ ބަންދުގެ މުއްދަތަށް 5 ދުވަހުގެ މުއްދަތު ކަނޑައަޅާފައެވެ، ކޯޓުން ކުރި އަމުރުގައި ވަނީ ތުހުމަތަށް ހައްޔަރުކުރެވުނު ފަރާތް ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ. އަދި އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ފުރައިގެން ގޮސްދާނެކަމަށް ބަލާފައެވެ.

ޓެރަރިޒަމްގެ މިފަދަ ކުށްތަކުގައި ހިމެނޭ މީހުން އަދި އެކަންކަމަށް ބާރުދީ އެފަދަ ކަންކަން އިސްކޮށް ހިންގާ މީހުން ވަރަށް ގިނަފަހަރަށް އަމިއްލަ ގައުމް ދޫކޮށް އެހެނިހެން ގައުމްތަކަށް އަސްލު އޮޅުވާލައި ޕާސްޕޯޓް އަދި ކާކުކަން އަންގައިދޭ ލިޔެކިޔުންތައް ބަދަލުކޮށްގެން ދަތުރުކުރެއެވެ.

އެގޮތުން އިންޑިއާ އަދި ޕާކިސްތާން ގެ މިފަދަ ކުށްތަކުގައި ޝާމިލުވާ ގިނަ މީހުންތަކެއް ރާއްޖެއަށް އެތެރެވެ މީގެ ކުރިންވެސް ވަނީ ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.