Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ޗެލްސީ އަތުން ސިޓީ އަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީގެ މައްޗަށް 3-1 އިން މެންޗެސްޓަރ ސިޓީން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ސިޓީ މިހާރު އޮތީ 29 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ޗެލްސީ އޮތީ 26 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގައެވެ. އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޗެލްސީ އަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.

ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ 18 ވަނަ މިނެޓްގައި ގުންޑޮގާން ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. އޭގެ ތިން މިނެޓްފަހުން ފިލް ފޮޑެން ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު މެޗުގެ 34 ވަނަ މިނެޓްގައި ކެވިން ޑެ ބްރައިނާ ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ފުރަަތަމަ ހާފްގައި ސިޓީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ޗެލްސީ ފޮނުވާލެވިފައި ނުވާއިރު، ދެވަނަ ހާފްގައި ވެސް ސިޓީން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަޑްސަން އޮޑޯއިއެވެ.

މި މެޗުން ޗެލްސީ ބަލިވުމާއެކު އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ އިތުރު ޕްރެޝަރާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މަގާމު ގެއްލުމުގެ ބިރު ލަމްޕާޑަށް މިހާރު އޮތް ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ.

ލީގުގައި ޗެލްސީ ދެން ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ. ސިޓީ ބައްދަލުކުރާނީ ބްރައިޓަންއާއެވެ.