Last Updated: June 8, 21:45
Monday, June 8, 2026
ކުޅިވަރު

ގްލޯބަލް ލިންކްގެ ދެވަނަ މުބާރާތް މީދޫގައި

މުބާރާތާ ބެހޭ ބެހޭ ގޮތުން މައުލޫމާތު ދެނީ. ފޮޓޯ. ވީއޯއެމް

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ގްލޯބަލް ލިންކްގެ ފަރާތުން އަންނަ ނޮވެމްބަރު މަހުގެތެރޭ ސ. މީދޫގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ގްލޯބަލް ލންކުގެ ފަރާތުން މި މުބާރާތާ ބެހޭ ގޮތުން ރޭ ސ. އަތޮޅު މަދަރުސާގައި ބޭއްވި ބައްދަލުވުމުގައި ގްލޯބަލް ލިންކުގެ ޗެއާމަން ޖުނައިދު ވިދާޅުވީ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ. އަދި ދެވަނަ ޓީމަކަށް 50،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ މި އިނާމް ހުށަހަޅައިގެން ގްލޯބަލް ލިންކްގެ ފުރަތަމަ ފުޓްބޯޅަ މުބާރާތް ބާއްވާފައި ވަނީ މި އަހަރުގެ މާޗް އަދި އެޕްރީލްގަ އެވެ. އެ މުބާރުގައި ވާދަކޮށްފައި ވަނި ހަ ޓީމެވެ.

ޖުނައިދު އިތުރަށް ވިދާޅުވީ ގްލޯބަލް ލިންކްސްގެ ދެވަނަ މުބާރާތް ހުޅުވާލެވިފައި ވަނީ އައްޑޫގެ އިތުރުން ހުވަދު އަތޮޅާއި ފުވައްމުލަކު ޓީމްތަކަށް ކަމަށެވެ.

ގްލޯބަލް ލިންކުގެ ފަރާތުން މީދޫގައި ބާއްވާ މި މުބާރާތް އިންތިޒާމްކޮށް ހިންގުމުގެ ހުރިހާ ކަމެއް ހަވާލުކޮށްފައި ވަނީ މީދޫގެ މީދޫ ކޯޕަރޭޓިވް ކޮމިއުނަލް (އެމްސީސީ) އާ އެވެ.