Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު

މާލޭގައި އަލިފާނުގެ ހާދިސާއެއް، ދެ މީހަކު ފިހިއްޖެ

މާލޭ ހ. ތިން ނޫނުގޭގެ ފަސް ވަނަ ބުރީގައި މިއަދު މެންދުރު، 12:31 ހާއިރު ގޭސް ފުޅިއެއް ގޮވައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގަައި ދެ މީހަކަށް އަނިޔާވެ ފިހިއްޖެއެވެ.

މިކަން ވަނީ އެމް.އެން.ޑީ.އެފްް.އިން ކަށަވަރުކޮށްދެއްވާފައެވެ. މިހާދިސާގައި ފިހުނީ ދެ ދެ ދިވެހިންކަމަށާއި އެހެން ނަމަވެސް ސީރިއަސް އަނިޔާރތަކެއް ލިބުނުކަމެއް އެ އިދާރާއިން ހާމަކޮށްފައެއްނުވެއެވެ. އަދި ގެއްުލުން ވި ދެ ފިރިހެނުންނަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަކަމަށްވެސް އެ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނެފައިވަނީ، މި ހާދިސާ ހިނގި ހިސާބުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރި ވަމުން ދާކަމަށެވެ.

މާލެއޮންނަ ގޮތުން އަދި ގެތައް އެނޫންވެސް އިމާރާތްތައް ހުންނަގޮތުން މިފަދަ ހާދިސާތަކުގައި ރޯވެއަނދާ އަލިފާން ފެތުރުމުގެ ފުރުސަތު ބޮޑެވެ. އަދި ތާރީޙުގައި އެފަދައިން ކަންހިނގާ ނުރައްކާތެރި ހާދިސާތައް ދިމާވެ މީހުން ނިޔާވެފައި އެބަހުއްޓެވެ. އެހެންކަމުން މިފަދަ ހާދިސާތަކުން ރައްކާތެރިވެތިބުމަށާއި އަދި އެފަދަ ހާލަތްތަކުގައި ކަންކުރަންވީ އެންމެ ރަނގަޅު ގޮތުގެ މައުލޫމާތު ސާފުކޮށް ރައްކާތެރިވެތިއްބެވުމަށް ކަމާއި ބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކޮށްފައެވެ.