Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

"ރައްްޖޯ" ގެ ޓްރެއިލާ ލޯންްޗްކޮށްފި

ކަންގަނާ ރަނާވަތު ލީޑް ރޯލް ކުޅޭ "ރައްޖޯ" ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

ވިޝްވާސް ޕަޓިލް ޑައިރެކްޓްކޮށްފައިވާ މި ފިލްމް ސިނަމާތަކަށް އަންނާނީ ނޮވެމްބަރު މަހުގެ 15 ގަ އެވެ.

އެ ދުވަހަކީ ސަންޖޭ ލީލާ ބަންސާލީގެ "ރާމް ލީލާ" ވެސް ސިނަމާތަކަށް އަންނަ ދުވަހެވެ. އެހެންވެ ބޮކްސް އޮފީހުގައި "ރައްޖޯ" އަށް ލިބޭނެ މަގާމަކާ ދޭތެރޭ ބައެއް ޓްރޭޑް އެނަލިސްޓުން މިހާރު ވެސް ވަނީ ސުވާލް އުފައްދައިފަ އެވެ.

ނާސިއެއް ހިންގާ ބައެއްގެ ވާހަކަ ކިޔައިދޭ "ރައްޖޯ" ގައި ކަންގަނާގެ އިތުރުން މަހޭޝް މަންޖޭކަރު، ޕްރަކާޝް ރާޖް ކުރީގެ މަޝްހޫރު ބަތަލާ ޖާޔާ ޕްރަދާ އަދި ޕަރަސް އަރޯރާ ފަދަ ތަރިންގެ ހުނަރުތައް ފެނިގެން ދާނެ އެވެ.

މި ފިލްމްގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އުއްތަމް ސިންގް އެވެ.

"ރައްޖޯ" ނޮވެމްބަރު 15 ގައި ރިލީޒް ކުރާ އިރު ކަންގަނާ މުހިއްމު ރޯލެއްް އަދާކޮށްފައިވާ ރިތިކް ރޯޝަންގެ ސްޕަހީރޯ ފިލްމް "ކްރިޝް 3" ނޮވެމްބަރު 4 ގައި ރިލީޒް ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.