Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ ސައުދީ އަރަބިއާ

ކިންގް ސަލްމާން ކޮވިޑް ވެކްސިން ޖައްސަވައިފި

ރަސްގެފާނު ސަލްމާން--
ފޮޓޯ: ސައުދީ ގެޒެޓް

ސައުދިއަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖައްސަވައިފި އެވެ.

ސައުދީ ގެޒެޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަސްގެފާނު ސަލްމާން ޖައްސަވާފައިވަނީ ފައިޒާ ވެކްސިންއެވެ. އަދި ވެކްސިން ޖައްސަވާފައިވަނީ ހުކުރު ދުވަހު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ފައިޒާ ވެކްސިން ސައުދީގައި ބޭނުންކުރުމުގެ ހުއްދަދީ ރައްޔިތުންނަށް ވެކްސިން ދޭންފަށާފައިވަނީ ނިމުނު ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން ސައުދިއަރަބިއްޔާގެ ވަލީއަޙްދު މުހައްމަދު ބިން ސަލްމާންވެސް ކޮވިޑް-19 ގެ ވެކްސިން ޖައްސަވާފައިވަނީ ޑިސެމްބަރުމަހުގެ ތެރޭގަ އެވެ.

ސައުދިއަރަބިއްޔާއިން މިހާތަނަށް ކޮވިޑް-19 އަށް 363،485 މީހުން ޕޮޒިޓިވް ވެފައިވެ އެވެ. އަދި ބަލީގައި މަރުވި ކަމަށް ރިޕޯޓް ކޮށްފައި ވަނީ 6278 މީހެކެވެ.