Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު ކުނި ނައްތާލުން

ކުނި ނެރެންޖެހޭ ގަޑި ރޭގަނޑަށް ބަދަލުކޮށްފި

ވެމްކޯއިން މާލެ ސިޓީގެ ގޭގެއިން އުކާލާ ކުނި، ދެން ނެރެންޖެހޭނީ ރޭގަނޑު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މާލެ ސިޓިގެ ގޭގެއިން ވެމްކޯއިން ކުނި ނަގަމުން އައި ގަޑި ބަދަލުކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ. އެހެންނަމަވެސް އެ ވަގުތު އަނެއްކާވެސް ބަދަލުކޮށްފައިވާއިރު، ދެން ގެތަކުން ކުނި ނެރެންޖެހޭނީ ރޭގަނޑު 22:00 އާއި 00:00 އާއި ދެމެދު ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ވެމްކޯއިން ބުނެފައިވަނީ ކުނި ނެރޭ ގަޑިއަށް ގެނެސްފައިވާ ބަދަލަށް މާދަންފެށިގެން އަމަލުކުރާނެ ކަމަށެވެ. އަދި ކުނި ނަގަމުންގެންދާނީ ކުރިއެކޭވެސް އެއްގޮތަށް ގެތަކުގެ ބޭރުންކަމަށް އެ ކުންފުނިން މައުލޫމާތުދީފައިވެ އެވެ.

ވެމްކޯއިން ނުކި ނަގާ ގަޑި ބަދަލުކޮށްފައިވަނީ ސްކޫލު ހުޅުވުމާއި އެކު ދުވާލުގެ ވަގުތުގައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށްގެންގޮސްފި ނަމަ އެކަމުގެ ސަބަބުން މަގުމަތީގައި ބާރުބޮޑުވާނެތީ އެވެ.