Last Updated: April 23, 23:56
Tuesday, April 23, 2024
ވިޔަފާރި

އިސްމާއިލް އަލި މަނިކު އައިއޭއެސް ބޯޑަށް

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އިސްމާއިލް އަލި މަނިކު އައިލެންޑު އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ބޯޑަށް އައްޔަންކޮށްފިއެވެ.

އިސްމާއިލް އަލި މަނިކު އައިއޭއެސްގެ ބޯޑަށް އައްޔަން ކުރެއްވި އިރު ދާދި ފަހުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބަދަލުކޮށްފައެވެ. އަދި އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމަށް މުހައްމަދު މިހާދު ވަނީ ހަމަޖައްސާފައެވެ.

އިސްމާއިލް އަލި މަނިކުގެ އިތުރުން އައިއޭއެސްގެ ބޯޑުގައި ދެން ތިއްބަވަނީ ޗެއާމަން ޑރ. އަހުމަދު ޝަމްހީދާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާގެ އިތުރުން އަބްދުﷲ އަމީރު، އަޒްހީލު އަހުމަދު އަދި އިސްމާއިލް އަލި މަނިކެވެ.