ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ކުރިމަތިވެފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ޤައުމީ ހިންގާ ކޮމިޓީގެ މަޝްވަރާ ބައްދަލުވުމުގައި އެމްޑީޕީން ދެން ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް މިއަދު ނިންމައިފި އެވެ.
އަދި މި މަގުޗާޓުގައި އެކުލަވާލެވޭ އެކިއެކި ކަންތައްތައް ވަނީ މިއަދު ބޭއްވި ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމައިފަ އެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ މަޖިލީހުގެ 119 ވަނަ ބައްދަލުވުމުގއި މި މަގުޗާޓު ހުށަހަޅާ ގޮތަށް ވެސް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
މި މަގުޗާޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝިއަލް އެންވޯއި އިބްރާޙިމް ހުސެއިން ޒަކީގެ ބެއްލެވުމުގެ ދަށުންނެވެ.