ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު މަބްރޫކް އަޒީޒް ހަމަޖައްސަވައިފި އެވެ.
އެމަގާމުގައި ކުރިން ހުރި އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމަށް މަބްރޫކް ހަމަޖައްސަވާފައިވާ ކަމަށެވެ.
އަދި ހޫދު ރައީސް އޮފީހުގެ ޗީފް ކޮމްސް ސްޓްރެޓެޖިސްޓްގެ މަގާމަށް ހަމަޖައްސަވާފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންގެ އަންޑަ ސެކްރަޓަރީގެ މަގާމުގައި ހުރި މަބްރޫކް އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވަނީ ކޮވިޑް-19 ކަންކަމުގައި ބާއްވަންފެށި ޕްރެސްތަކުގެ ތެރެއިން އެންއީއޯސީގެ ސްޕޯކްސްޕާސަންގެ ހައިސިއްޔަތުންނެވެ.