Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު ނަފީސުގެ ސުލޫކީ މައްސަލައެއް ބަލަނީ

ސ. މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަލް އުސްތާޒު އިބްރާހިމް ނަފީސު ހުސެއިންގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސ. މަރަދޫފޭދޫ ކޯޓުގައި ކުރިއަށް ގެންދިޔަ ގަޟިއްޔާއެއްގައި ދައުވާ ލިބުނު ފަރާތަށް ގަނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އެ ގަޟިއްޔާ ބެއްލެވި މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އިބްރާހިމް ނަފީސު ހުސެއިން ނުދެއްވި ކަމަށް ބުނާ މައްސަލައެއް ތަހްގީގު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އިސް މެޖިސްޓްރޭޓް އަލް އުސްތާޒު އިބްރާހިމް ނަފީސް ޙުސައިންގެ ސުލޫކީ މައްސަލަ ތަޙުޤީޤު ކުރުމަށް އިއްޔެ ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި، ތަޙުޤީޤު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.