Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު ކުނީގެ މައްސަލަ

ފަޅަށް ކުނި އަޅާތީ ވެމްކޯ 1.1 މިލިއަނުން ޖުރިމަނާ ކޮށްފި

ފޮޓޯ: ވަން އޮންލައިން

ފަޅަށް ނުކި އަޅާ މައްސަލައިގައި އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވެމްކޯ ޖުރިމަނާ ކޮށްފި އެވެ.

އީޕީއޭއިން ބުނެފައިވަނީ ވެމްކޯގެ އޮޕަރޭޝަންސްގެ ތެރެއިން ފަޅަށް ތަކުރާރުކޮށް ކުނިއަޅާފައިވާތީ ވޭސްޓް މެނޭޖްމެންޓް ގަވައިދުގެ ދަށުން ވެމްކޯ ޖުރިމަނާ ކުރާކަމަށެވެ. އެގޮތުން ވެމްކޯ ޖުރިމަނާ ކޮށްފައިވަނީ 1,128,750 ރުފިޔާއިންނެވެ.

އީޕީއޭއިން ވެމްކޯ ޖުރިމަނާ ކުރި އިރު، ވެމްކޯއިން މާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމަށް މަސައްކަތްކުރާއިރު މާލޭގެ ފަޅުތެރެއަށް ކުނި އެޅޭކަމުގެ ޝަކުވާއަކީ އަބަދުވެސް މީހުން ކުރަމުން އަންނަ ޝަކުވާއެކެވެ.