Last Updated: April 27, 17:57
Saturday, April 27, 2024
މީހުން

ޝާހިދު އެނގެނީ ކިހާ ވަރަަކަށް؟

ޝާހިދު ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު. ފޮޓޯ/ އެމްޑީޕީ

ނޯޓް: މިއީ އައްޑޫ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ހަސަން ޝާހިދުގެ ބްލޮގް "ވެލްކަމް ޓް ޝާހިދު ލައިވް" ގައި އޭނާ އާ ބެހޭ ގޮތުން ލިޔެފައިވާ ޕްރޮފައިލް އާޓިކަލެކެވެ. ކިއުންތެރިން އިންސާފުކޮށްލައްވާށެވެ.
——————————————————-

އޭޕްރިލް 15، 1977 ގައި ސ.މީދޫ ކަށިމާވިލާ އަށް އުފަން ހަސަން ޝާހިދަކީ އެމްޑީޕީ ގެ ސަރުކާރެއް ދިވެހި ރާއްޖެ އަށް އަލި ވިލުނު ހިނދުން ފެށިގެން، އެ ޕާޓީގެ ވިސްނުމާ ސިޔާސަތު ކުރިއަށް ނެރެ، ހުޅުމީދޫގެ ތަރައްޤީ އާއި ކުރިއެރުވުމަށް ރައްޔިތުންނާ ގާތުން އެކިއެކި މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ބޭފުޅެކެވެ.

އަދި ހުޅުމީދޫގެ ތަރައްޤީ އާއި ކުރިއެރުމަށް އިތުރު މަސައްކަތްތަކެއްކޮ ށްދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލްގައި ހުޅުމީދޫ ދާއިރާ ތަމްސީލު ކުރެއްވުމަށް ކުރިމަތިލާފައި ވަނީ ވަރަށް ބޮޑެތި އުއްމީދުތަކަކާ އެކު އެހާމެ ފުރިހަމަ އަށް ތައްޔާރުވެގެންނެވެ.

މިގޮތުން ރައީސުލްޖުމްހުރިއްޔާ އައްޔަން ކުރައްވައިގެން މީދޫގެ ކައުންސިލަރުކަން ފުރިހަމަ ކުރެއްވުމާއި، ކައުންސިލް އިންތިހާބު ޢިއުލާން ކުރުމާ ގުޅިގެން ބޭއްވުނު ޕްރިލިމިނަރީސް ގައި ހުޅުމީދޫ ދާއިރާ އިން ވާދަކޮށް މި ހިސާބަށް ކުރި ދަތުރަކީ، ޝާހިދު އައްޑޫ ސިޓީގެ ކައުންސިލް މެމްބަރަކަށް ވުމަށް ވެފައިވާ ފުރިހަމަ ތައްޔާރީ ގެ ނަތީޖާ އެވެ. އަދި މިއީ ޑިމޮކްރަސީގެ ޅަފަތުގައި ޝާހިދު އަށް ލިބިފައިވާ ގިނަގުނަ ތަރުރިބާތަކެއްކަން ކަށަވަރެވެ.

ޝާހިދު ގެ މަދަރަސީ ދައުރަށް ފަހު އަމަލީ ދާއިރާއަށް ނިކުންނެވި އެވެ. މިގޮތުން ގަމުގެ ހެދުން ތައްޔާރު ކުރާ ފެކްޓަރީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން މަސްވެރިކަމުގެ ދައިރާގެ މަސައްކަތްތައް މިއީ އެއްމެ ފުރަތަމަ ގުނާލަން ޖެހޭ ކަންތައްތަކެވެ.

މި ދާއިރާތަކަށް ފަހު ޝާހިދު ދެން މިސްރާބު ޖެހީ އައްޑޫ އަތޮޅުގެ ޒުވާނުން އެ ދާއިރާ އަކަށް އެއްމެ ޝައުގުވެރިވާ ޓޫރިޒަމް އާއި ދިމާލަށެވެ.
ޝާހިދު ޓޫރިސްޓް ރިސޯޓްތަކުގައި ގިނަ ދުވަހު ހިދުމަތްތަކެއްކޮށްފައިވާ އިރު، ޖެނެރަލް ކޭޝިއަރުކަމުން ފައްޓަވާ އެކައުންޓްސް ދާއިރާ އިން ތަމްރީން ހޯއްދަވާ ޖެނެލްރަލް މެނޭޖަރު އެކައުންޓްސްކަން ވެސް ފުރުއްވާފައިވެ އެވެ.

ޝާހިދު މަސައްކަތްކޮށްފައިވާ ރިސޯޓްތަކުގެ ތެރޭގައި ކަނިފިނޮޅު ރިސޯޓް، މީރު އައިލޭންޑް ރިސޯޓް ހިމެނެ އެވެ. އަދި އައްޑު އަށް އަށް ނިސްބަތްވާ ހެރެތެރެ ރިސޯޓް ފާހަގަކޮށްލެވެ އެވެ.

މިޒާޖު ގައި މަޑުމައިތިރި ކަމެއް ހުއްނަ ޝާހިދަކީ ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ބެހެއްޓުމުގެ އިތުރުން ލިޔުން ތެރިކަމަށް ލޯބި ކުރައްވާ ބޭފުޅެކެވެ.

މިގޮތުން ސީދާ ހުޅުމީދޫ ރައްޔިތުންގެ އާއްމު ދިރިއުޅުމާ ގުޅިފައިވާ މީދޫ ލައިވް www.meedhoolive.com އަށް ހިލޭ ސާބަހަށް ލިޔުންތަކެށް ލިޔުއްވާފައިވެ އެވެ. ޝާހިދަކީ ހުޅުމީދޫގެ ރައްޔަތުންގެ ގާތުގައި ރަށުގައި ދިރިއުޅުން ވޭތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޝާހިދު މި ދާއިރާ ގެ ކައުސިލް މެންބަރު ކަމަށް ހޮވުން ވާނީ އެމްޑީޕީ މި އެދޭ ރައްޔިތުންގެ ސަރުކާރުގެ، ރައްޔަތުންނާ ސަރުކާރާ ގުޅުވައިދޭ އެއްމެ މުހިއްމު އަދި އެއްމެ ފުރަތަމަ ގުޅުމަށެވެ. އަދި މިގުޅުމުގައި އެމްޑީޕީ ގެ ސިޔާސަތުތައް ދައްނަ ރައްޔިތުންގެ އިހުސާސް ކިޔައިދޭން އެގޭ މީހަކު ހުރުމަކީ ހުޅުމީދޫއަށް އަވަސް ބަދަލުތަކެއް ފެއްނާނެ ކަމެކެވެ.

ޝާހިދު މަސައްކަތް ކުރައްވާނީ ހުޅުމީދޫ ގެ ރައްޔިތުން އެއްބާރުލުމާއި އެހީ ތެރިކަމާ އެކު އައްޑޫ ސިޓީ އާރޯކޮށް ފައްކާ ކުރުމަށެވެ.