Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ

ވ. ތިނަދޫ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ އެ ލޯންޗުގެ ކެޕްޓަން ފިހިއްޖެއެވެ.

މިއަދު ހެނދުނު 7:45 ހާއިރު ހިނގި މި ހާދިސާގައި ފިހުނު ލޯންޗުގެ ކެޕްޓަނަށް ފަރުވާ ދިނުމަށް މިހާރު ވަނީ ވ. ފެލިދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗުގައި ރޯވި އިރު ކެޕްޓަން ފިޔަވައި އިތުރު މީހަކު ނެތެވެ.

މި ހާދިސާގައި ފިހިގައިވަނީ ބ. ތުޅާދޫއަށް ނިސްބަތްވާ މީހެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.