Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު މޫސުން

އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މުސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 11:30 ފެށިގެން ހަވީރު 16:30 ށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ރާއްޖެއަށް މިދުވަސްވަރު ކުރަމުން އަންނަ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.