Last Updated: April 20, 18:15
Saturday, April 20, 2024
ކުޅިވަރު

ޕޮގްބާގެ ގޯލުން ޔުނައިޓެޑް އެއްވަނަ އަށް

ޕޯލް ޕޮގްބާގެ ގޯލުން ބާންލީގެ މައްޗަށް 1-0 އިން ކުރި ހޯދައި ޕްރިމިއާ ލީގުގެ އެއްވަނަ އަށް މެންޗެސްޓަރ ޔުނައިޓެޑް އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުނައިޓެޑް އޮތީ 36 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 33 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ލީގުގައި އަންނަ އާދީއްތަ ދުވަހު މި ދެ ޓީމު ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބާންލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ޕޯލް ޕޮގްބާ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ރަޝްފޯޑް ނަގައިދިން ހުރަހަކުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މިއީ ޔުނައިޓެޑް ލީގުގައި އެންމެފަހުން ކުޅުނު 11 ވަނަ މެޗުގެ ތެރެއިން ހޯދި 9 ވަނަ މޮޅެވެ.

ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ ކޮންމެ މެޗަކަށް ވެސް ޓީމު ނިކުންނަނީ އިތުބާރާއެކު ކަމަށާއި ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި ޓީމު ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ޔުނައިޓެޑަށް ރަނގަޅު ދުވަސްތަކެއް ކަމަށާއި ކުރިއަށް އޮތީ އިމްތިހާނެއް ކަމަށްވެސް ސޯލްޝެއާ ބުންޏެވެ.

"ލިވަޕޫލް އަކީ މޮޅު ޓީމެއް. އެއީ އަހަރުމެންނަށް އޮތް އިމްތިހާނެއް" ސޯލްޝެއާ ބުންޏެވެ.