Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ދެއްވަދޫ ކްލަސްޓާ: ދާންދޫ އާއި ވިލިނގިލިން ޕޮޒިޓިވް ކޭސްތަކެއް

ގއ. ދެއްވަދޫ

ގއ. ދާންދޫ އަދި ވިލިނގިލިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިއްޖެ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ދާންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ދެ މީހުންނެވެ. އަދި ވިލިނގިލިން ޕޮޒިޓިވް ވެފައިވަނީ އެކަކެވެ.

އެޗްއީއޯސީ އިން ބުނެފައިވަނީ އެ ދެ ރަށުން ފެނުނު ޕޮޒިޓިވް ކޭސްތަކަކީ ދެއްވަދޫ ކްލަސްޓާއާއި ގުޅޭ ކޭސްތަކެއް ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވި އެވެ.

ދެއްވަދޫގައި ބަލި ފެތުރެން ފެށީ ރަށުގެ ސިއްހީ މަރުކަޒުން ކަރަންޓީނުގައި ތިބި ބަޔަކަށް ނުބައި މައުލޫމާތެއް ދެވިގެން އެމީހުން ކަރަންޓީނުން ބޭރުވުމާއި ގުޅިގެންނެވެ. އެރަށުން ޕޮޒިޓިވް ވި މީހުންގެ އަދަދު 22 މަތީގައި ހުރި އިރު، ކޮންޓެކްޓުންގެ އަދަދު 150 ހުން މަތީގައި އުޅޭކަމަށް އެޗްއީއޯސީ އިން މީގެ ކުރިން ބުނެފައިވެ އެވެ.