Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

މިއަދު ޕޮޒިޓިވްވީ 43 މީހުން

ފާއިތުވި 24 ގަޑިއިރު ތެރޭގައި 43 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 19 މީހަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވީ މީހުން ކަމަށެވެ. އަދި 14 މީހަކު ރިސޯޓު ތަކުން ޕޮޒިޓިވްވެފައިވާ އިރު އަތޮޅުތަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި 43 މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 14325 އަށް އަރާފައެވެ.