Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު ސިޔާސީ

ޕީޕީއެމް ކެނޑިޑޭޓްގެ ކެންޑިޑެސީ ބާތިލު ކުރުމުން އެމްޑީޕީއަށް ގޮނޑި ކަށަވަރުވެއްޖެ

އީސީގެ ރައީސް އަހުމަދު ޝަރީފް - ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމުން އެމްޑީޕީއަށް އެ ގޮނޑި ކާމިޔާބު ވެއްޖެ އެވެ.

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ހަސަން މޫސާގެ ކެނޑިޑެސީ ބާތިލްކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭނާއަށް ފޮނުވި ސިޓީގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބުނެފައިވާ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަތުރު ހަސަން މޫސާގެ ކިބާގައި ފުރިހަމަ ނުވަކަމަށް ފ.ބިލެތްދޫ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި ކެނޑިޑޭޓެއްގެ ކިބައިގައި ހުންނަންޖެހޭ ޝަތުރުތައް ހަމަނުވާކަމަށް ސާބިތުވާތީ އިލެކްޝަންސް އަށް ލިބޭ ގާނޫނީ ބާރުގެ ދަށުން ހަސަން މޫސާގެ ކެނޑިޑެސީ ބާތިލްކޮށްފައިވާ ކަމަށް އީސީގެ ސިޓީގައި ބުނެފައިވެ އެވެ.

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތި ލާފައިވާ ދެ ކެނޑިޑޭޓުންނެވެ. ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލްގެ ރައިސް ކަމަށް ކުރިމަތިލާފައިވާ ހަސަން މޫސާގެ ކެނޑިޑެސީ ބާތިލު ކުރުމުން، އަދި އެގޮނޑިއަށް އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވުމުން، ރައީސްގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓު އަހުމަދު ރީހާން އަށް ވަނީ ލިބިފަ އެވެ.