Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

އޭދަފުށިން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭދަފުށީ މަގުމަތީގައި ބަޔަކު މާސްކު އަޅައިގެން ދުއްވަނީ، ފޮޓޯ: އޭދަފުށީޓައިމްސް

ބ. އޭދަފުށިން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ.

އޭދަފުށީ ކައުންސިލުން ބުނީ ބިދޭސީ މީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން މިއަދު ނެގި ސާމްޕަލުންނެވެ.

އޭދަފުށީ ކައުންސިލުން ވަނީ މާސްކު އަޅައިގެން އުޅުމަށާއި، ކަރަންޓީނުގައި ތިބޭ ފަރާތްތަކާއި ބައްދަލު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.