Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ބިއްލޫރި ޕެލެޓު ދަށުވި ޒުވާނާ މަރުވެއްޖެ

މާލެ ވިޔަފާރި ބަނަދަރުގައި ބިއްލޫރި ޕެލެޓެޓުތަކެއް ދަށުވި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ނ. ލަންދޫއަށް އުފަން 27 އަހަރުގެ އަބްދުﷲ އާސިމް އެވެ. އެނާ އަކީ އެމްޕީއެލްގައި މަސައްކަތް ކުރަމުން ދިޔަ މީހަކެވެ.

އާސިމް ނިޔާވީ އެތެރެހައްޓަށް ލިބުނު ގެއްލުން ތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

ޖެނުއަރީ 7 ވަނަ ދުވަހުގެ ރޭ އެމްޕީއެލް ސަރަައްދުގައި މި ހާދިސާ ހިނގާފައިވަނީ ކޮންޓެއިނަރެއްގައި އޮތް ބިއްލޫރި ޕެލެޓެއް ފޯކް ލިފްޓުގެ އެހީގައި ބާލަން އުޅުމުގެ ތެރޭގައިއެވެ. މި ހާދިސާގައި ބިއްލޫރި ޕެލެޓު ވެއްޓި އާސިމް ޕެލެޓުގެ ދަށުގައި ތާށިވުމާއި ގުޅިގެން އޭނާ ސަލާމަތް ކޮށްފައިވަނީ އެމްއެެންޑީއެފް ފަޔާ އެންޑު ރެސްކިއު ޓީމުން ޕެލެޓުގެ ވަށައިގެން ހުރި ބިއްލޫރި ކަފާލައިގެންނެވެ.