ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަބްދުﷲ ރިޔާޒް އިނގިރޭސި ހައި ކޮމިޝަނަރު ޖޯން ރޭންކިން އާ ބައްދަލުކުރައްވާ ރާއްޖޭގެ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި އިނގިރޭސި ހައި ކޮމިޝަނަރު ދެއްކެވި ވާހަކަފުޅުގައި މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ބްލޫ ވޭވްގެ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ވެސް ރާއްޖޭގެ އަމަން އަމާންކަން ޤާއިމުވެފައި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ސީޕީ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އަމަން ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ފުލުހުން ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.
ވަކިން ޚާއްސަ ގޮތެއްގައި ފުލުހުންގެ ފްރޮންޓް ލައިންގައި މަސައްކަތްކު ރާ ޕަބްލިކް އޯޑަ ޔުނިޓްތަކަކީ ޚާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ޕްރޮފެޝަނަލީ ހަރަކާތްތެރިވާ ބައެއް ކަމުގެ ޔަޤީންކަން އެރުވިއެވެ.
ކޮމިޝަނަރު އިތުރަށް ވިދާޅުވީ އިލެކްޝަނާ ގުޅިގެން ދިމާވެދާނެ ސެކިއުރިޓީ މައްސަލަތައް ހައްލުކޮށް ޤައުމުގެ ސުލްޙަ މަސަލަސްކަން ބެލެހެއްޓުމަށް ފުލުހުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށް ދީފައިވާ ކަމަށެވެ.