Last Updated: May 17, 13:59
Friday, May 17, 2024
ޚަބަރު ހުކުރު ހުތުބާ

އިއްޔެގެ ހުތުބާވަރުގެ ފުރިހަމަ ހުތުބާއެއް އަޑު ނާހަން: އިމްރާން

ފޮޓޯ: ވީނިއުސް

އިއްޔެގެ ހުތުބާވަރުގެ ފުރިހަމަ ހުތުބާއެއް އަޑު ނާހާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ސުވަރުގެއާއި ބެހޭގޮތަށް ލިޔެފައިވާ ހުތުބާއަކީ ވަރަށްވެސް ފުިރހަމަ ހުތުބާއެއް ކަމަށާއި، އަދި ދިވެހި ބަހުން ލިޔެފައިވާ އެފަދަ ހުތުބާއެއް ހަޔާތުގައިވެސް އަޑުނާހާކަމަށެވެ.

https://platform.twitter.com/widgets.js

"ސުވަރުގޭގެ މަތިވެރި ނިއުމަތްތައް" މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ސުވަރުގެ ދިއުމުގެ މަގަކީ ތަކުލީފުތަކާއި، އުނދަގޫތަކުން ފުރިފައިވާ މަގެއް ކަމަށާއި، މުންކަރާތްތަކާއި، ފާހިޝް އަމަލުތަކާއި، ޝަހުވާނީ އެދުންތަކުން ވަށާލެވިފައިވާ މަގެއް ކަމަށެވެ.

ސުވަރުގެވަންތަވެރިންގެ ކާބޯތަކެއްޗަކީ ލައްޒަތާއި މީރު ރަހަތަކުގެ އިތުރުން ހިތްހަމަޖެހުން އެންމެ މަތީ ދަރަޖައަށް ލައްވާފައިވާ ތަކެތި ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ސުވަރުގެވަންތަވެރިން ތިބޭނީ ފުރިހަމަ ޒުވާންކަންމަތީގައި ކަމަށާއި، މުސްކުޅިވުމެއް، ބަލިކަށިވުމެއް، ވަރުބަލިކަމެއް، ބަލިވުމެއް އަދި ހިތްހަމަނުޖެހުމެއް އެ މީހުންނަށް ކުރިމަތި ނުވާނެކަމަށް ވެއެވެ.