Last Updated: March 29, 02:52
Thursday, March 28, 2024
މުނިފޫހިފިލުވުން

ކަރީނާ އާއި ސައިފްގެ އާ ގޭގެ މަންޒަރުތަކެއް ދައްކާލައިފި

ކަރީނާ ކަޕޫރް ޚާން އަދި ސައިފް ޢަލީ ޚާންގެ އާ ގޭގެ މަންޒަރުތަކެއް ބެލުންތެރިންނާއި ހިއްސާކޮށްފިއެވެ.

އިންސްޓަގްރާމްގައި ކަރީނާ ޕޯސްޓްކޮށްފައިވާ ފޮޓޯގައި ފެންނަނީ ކަރީނާގެ ކޮޓަރީގެ ފޮޓޯއެކެވެ. އެނދުގެ ކަނެއް އަރާ ގޮތަށް ބޭރުގެ މަންޒަރުވެސް ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯގައި އެ ދެމަރިންނާއި ދަރިފުޅު ތައިމޫރްގެ ފޮޓޯތައް ފްރޭމްކޮށްފައި ފާރުގައި ހަރުކޮށްފައި ހުރި މަންޒަރުވެސް ފެންނަން ހުއްޓެވެ.

ގޭގެ ފޮޓޯތައް ފޯސްޓް ކުރުމަށް ކަރީނާ ވަނީ އާ ފެށުމެއްގެ ދޮރެއް ކަމަށް ލިޔެފައެވެ. މި ޕޯސްޓަށް އޭނަގެ ފޭނުން ވަނީ ތައުރީފްކޮށް ކޮމެންޓް ކޮށްފައެވެ.

ކަރީނާ ވަނީ އޭނާގެ ދައްތަ ކަރިޝްމާ އާއިއެކު ގޭގެ ޓެރެސްގައި ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ. ދާދި ފަހުން ދިން އިންޓަވިއު އެއްގައި ކަރީނާ ބުނެފައިވަނީ އާ ގެވަނީ މަރާމާތު ކޮށްފައި ކަމަށެވެ. ކޮންމެ މީހަކަށް ވަކިން ކޮޓަރިއެއް ހުންނާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ވިހަން ތައްޔާރުވެފައި އިން ކަރީނާ ބުނީ އޭނާގެ އާ ގޭގައި ތައިމޫރް އަދި އަންނަން އުޅޭ ދަރިފުޅަށް ޚާއްޞަ ކޮޓަރި ހެދިފައިވާ ކަމަށެވެ. ކުދިން ކުޅޭނެ ބޮޑު ޖާގަ އެ ގޭގައި ތައްޔާރު ކުރެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.