Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު ފަތުރުވެރިކަން

އުންމީދީ އަދަދުތަކެއް: 15 ދުވަސްތެރޭ 40،000 އަށްވުރެއް ގިނަ ފަތުރުވެރިން

މިއަހަރުގެ ފުރަތަމަ 15 ދުވަސްތެރޭ ރާއްޖެއަށް 40،000 އަށްވުރެއް ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން 15 ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 43،481 ފަތުރުވެރިން އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 2،899 ފަތުރުވެރިން އާދެއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިްނނެވެ. އެ ޤަައުމުން 10،002 ފަތުރުވެރިން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިންޑިއާއިން އައިސްފައިވަނީ 5.727 ފަތުރުވެރިންނެވެ. އަދި ޔޫކޭއިން 3،472 ފަތުރުވެރިން ރާއްޖެއަށް މި މުއްދަތުގައި އައިސްފައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައިވަނީ ޖުލައި 15 ގަ އެވެ. އެއާއި އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.