Last Updated: June 30, 18:04
Tuesday, June 30, 2026
ޚަބަރު

އައްޑޫ ހަތް ދާއިރާއަކަށް، އިތުރު ގޮނޑިއެއް

ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ އަދަދު 77 އިން 85 އަށް ހަމަޖެއްސި އިރު އައްޑޫ ހަ ދާއިރާ އިން ހަތް ދާއިރާއަށް ބަދަލުވެ އިތުރު ގޮނޑިއެއް ލިބިއްޖެ އެވެ.

މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން އަންނަ އަހަރުގެ އިންތިހާބްގައި 85 ދާއިރާ އަށް މެމްބަރުން މަޖިލިސް އަށް ހޮވަން ޖެހެ އެވެ.

އައްޑު އަށް ލިބުނު ހަތް ވަނަ ގޮނޑިއަކީ މީދޫ އާއި މަރަދޫ ފޭދޫ ތަމްސީލު ކުރާނެ ގޮނޑިއެވެ. މިހާރު މަޖިލިސްގައި މީދު އާއި ހުޅުދޫ އެއްކޮށް ހުޅުމީދޫ ދާއިރާގެ ގޮތުގައި ތަމްސީލް ކުރަނީ އިލްޔާސް ލަބީބެވެ.

އަދި މަރަދު އާއި މަރަދޫފޭދޫ އެއްކޮށް އެ ދާއިރާ ތަމްސީލް ކުރަނީ ހަސަން އާދިލެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އަންނަ އަހަރުގެ އިންތިހާބްގައި ހުޅުދު އާއި މަރަދުއަކީ ވަކި ދެ ދާއިރާ އެވެ.