Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ވަރޫން އާއި ނަތާޝާ މިމަހު ކައިވެނި ކުރަނީ

ވަރޫން ދަވަން އަދި އޭނާގެ ކުޑައިރުގެ އެކުވެރިޔާ އަދި ލޯބިވެރިޔާ ނަތާޝާ ދަލާލް މި މަހު ފަހުކޮޅު ކައިވެނި ކުރަން ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައެވެ.

ވަރޫން އަދި ނަތާޝާގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަލީބާގްގައެވެ. އަދި ކައިވެނީގެ އެކިއެކި ހަފްލާތައް މިމަހުގެ 22ން ފެށިގެން 26ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދެމީހުންގެ ކައިވެނީގެ ހަފްލާއަށް ދަޢުވަތު ދިނުމަށް ހަމަޖެހިފައިވަނީ އާއިލާ އަދި ބައެއް ގާތް ފަރާތްތަކަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި ވަރޫން ވަނީ ނަތާޝާއާއި ދިމާވީ ގްރޭޑް 6 ގައި ކިޔެވި އިރު ކަމަށާއި އެއަށްފަހު އެކުގައި ގްރޭޑް 12 ނިމެންދެން ކިޔަވާފައިވާ ކަމަށް ބުނެފައެވެ. އަދި 3 ފަހަރު މަތިން އޭނާ ލޯބި ހުށަހެޅުމުން ނަތާޝާ ނޫން ބުނި ކަމަށާއި އެހެން ނަމަވެސް ހުއްޓާނުލާ އޭނާގެ ރުހުން ހޯދަން މަސައްކަތް ކުރަމުން ދިޔަ ކަމަށް ވެސް ވަރޫން ބުނެފައިވެއެވެ.

ނަތާޝާ އަކީ ވަރަށް އާދައިގެ ސާދާ ދިރިއުޅުމެއް އުޅެން ބޭނުން މީހެއް ކަމަށާއި މާ ބޮޑަށް މަޝްހޫރުވާން އޭނާ ބޭނުން ނުވާ ކަމަށް ވަރޫން ބުނެފައިވެއެވެ. އެހެން ކަމުން އޭނާ އެދޭފަދަ ގޮތަކަށް ރައްކާތެރިކަން ދީގެން އޭނާ ގެންގުޅުމަކީ ވަރޫންގެ ޒިންމާއެއް ކަމުގައި ދެކޭކަމަށް ވެސް ވަރޫން ބުނެފައިވެއެވެ.