Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ދެން ޓެރެކް އަޅަންވީ އަތޮޅުތަކުގައި: މަރޭ

މާލެ އާއި ހުޅުމާލޭގައި ސިންތެޓިކް ޓްރެކް އަޅައި ނިމުމާއި އެކު ދެން ޓްރެކް އަޅަންވީ އަތޮޅުތަކުގައި ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެއެވެ.

މާލެ އެކުވެނި ދަނޑުގައި އިންޑިއާ ސަރުކާރުގެ އެހީގައި ސިންތެޓިކް ޓްރެކް އަޅައި ހުޅުވި ރަސްމިއްޔާތާއި ގުޅިގެން މަރޭ ވިދާޅުވީ ދެން ޓްރެކް އަޅަންވީ، ތިނަދޫ، ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކުގައި ކަމަށެވެ.

"ދެން ޓްރެކް އަޅަންވީ ތިނަދޫ، ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކުގައި. މިއީ މިހާރު ވެސް ނެޝަނަލް ޓީމަށް އެތުލީޓުން ފީޑްކުރާ ހަތަރު ތަން،" މަރޭ ވިދާޅުވި އެވެ.

މަރޭ ވިދާޅުވީ އެހެން ގައުމު ތަކުގައި މެޑަލް ހޯދަނީ ޓެރެކްގައި ކުރާ ތަމްރީނުތަކުން ކަމަށެވެ. ނަމަވެސް ދިވެހި އެތްލީޓުންނަށް ޓްރެކް ލިބުނީ މެޑަލް ހޯދި ފަހުން ކަމަށެވެ.

މަރޭ ވިދާޅުވީ މި ޓްރެކާއި އެކު ކުރިއަށް އޮތް 10 އަހހަރު ތެރޭ ދުނިޔޭގެ ފެންވަރުގެ އެތައް އެތްލީޓުންނެއް ފެނިގެންދާނެ ކަމަށެވެ.