Last Updated: April 26, 23:00
Friday, April 26, 2024
ދުނިޔެ

އަފްޣާން ސުޕްރީމް ކޯޓުގެ އަންހެން ދެ ފަނޑިޔާރުން މަރާލައިފި

A resident washes a road following gunmen shot dead two Afghan women judges working for the Supreme Court, in Kabul on January 17, 2021. - Gunmen shot dead two Afghan women judges working for the Supreme Court during an early morning ambush in the country's capital on January 17, officials said, as a wave of assassinations continues to rattle the nation. (Photo by WAKIL KOHSAR / AFP)

އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ އަންހެން ދެ ފަނޑިޔާރުން ބަޑިޖަހާ މަރާލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮތް ނޭންގޭ ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި ދެ ފަނޑިޔާރުން މަރާލާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ފަނޑީޔާރުންގެ ކާރަށް އަމާޒުކޮށްދިން ބަޑީގެ ހަމަލާގައި ދެ ފަނޑިޔާރުން މަރާލާފައިވާއިރު ތާލިބާނުން ބުނެފައިވަނީ އެ ހަމަލާއަކީ އެމީހުންނާއި ގުޅުންހުރި ހަމަލާއެއް ނޫންކަމަށެވެ. މި ބަޑީގެ ހަމަލާގައި އެ ކާރު ދުއްވަންއިން ޑްރައިވަރު ވަނީ ޒަހަމް ކޮށްލާފަ އެވެ.

މި ދަނޑިވަޅަކީ އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކުރުމަށް ސަރުކާރާއި ތާލިބާނުންގެ މެދުގައި މަޝްވަރާތައްވެސް ކުރިއަށްދާ ވަގުތެކެވެ. އަދި މީޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި މި މަޝްވަރާތައް ފެށިފަހުން ދެމުން އަންނަ ހަމަލާތައްވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން އެޤައުމުގެ ނޫސްވެރިންނާއި ސަރުކާރުގެ އެކި ފަރާތްތަކާއި އެކްޓިވިސްޓުންނަށް މީގެ ގިނަ ހަމަލާތައް އަމާޒުވެފައިވެ އެވެ. އަދި ތާލިބާނުން ބުނެފައިވަނީ މި ހަމަލާތަކަކީ އެމީހުންނާއި ގުޅުމެއްނެތް ހަމަލާތަކެއްކަމަށެވެ.

ގޮތްނޭނގޭ ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ އަންހެން ދެ ފަނޑިޔާރުން މަރާލާފައިވާއިރު އެ މައްސަލަތަ އިތުރަށްބަލާ ތަހުގީގު ކުރާނެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފައިވެ އެވެ.