Last Updated: June 4, 13:43
Thursday, June 4, 2026
ޚަބަރު ފުލުހުން

މަރުގެ މައްސަލައަކާ ގުޅިގެން ބިދޭސީއެއް ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުން އަންނަ މަރުގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން ހޯދުމަށް އިއުލާނު ކޮށްފައިވަނީ ބަނގުލަދޭޝް، މުހައްމަދު އަލީ ހޮސެއިން (32) އެވެ.

ފުލުހުން ވަނީ އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފަ އެވެ.