Last Updated: July 4, 06:03
Saturday, July 4, 2026
ޚަބަރު

އިނގިރޭސި ސަފީރު އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހަރ އެކްސަލަންސީ ކެރަން ރޮސްލަރ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓަރީން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭގޮތުންނެވެ.

އިއްޔެގެ ވަގުތެއްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އައްޝައިޚް އިލްޔާސް ޖަމާލްވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.