Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ފަތުރުވެރިކަން

ރާއްޖެއައި ފަތުރުވެރިންގެ އަދަދު 50،000 އިން މައްޗަށް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަަދަދު 50،000 އިން މައްޗަށް ޖެހިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ހަފްތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 50،611 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން މިހާތަނަށް ރަޝިޔާ އިން 12،029 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް 8،042 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫކްރެއިން އިންނެވެ. އެގައުމުން 4،292 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައިވަނީ ޖުލައި 15 ގަ އެވެ. އެއާއި އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.