Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު އަލިފާނުގެ ހާދިސާ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް

ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ 7000 ފްލެޓްތައް ހުންނަ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ 11:08 ހާއިރު ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

އަދި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.