Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު ސިޔާސީ

އަދާލަތުގެ ރައީސް ކަމަށް އިމްރާން ކުރިމަތިލައްވައިފި

އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާރުވެސް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިމަތި ލައްވައިފި އެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ނިންމާ ކުރިމަތިލައްވާފައިވާ ކަމަށެވެ.

އަދި އެގޮތަށް ނިންމީ ގައުމުގެ ހާލަތު ހުރިގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި "އަޅުގަނޑުގެ ދައުރު މުހިންމު ކަމަށް އަދާލަތު ޕާޓީގެ ގިނަ މެމްބަރުން ފާހަގަކުރައްވާތީ" ކަމަށް މިނިސްޓަރު އިމްރާންގެ ޓްވީޓްގައިވެ އެވެ.

އަދާލަތު ޕާޓީގެ ރައީސް މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތް ހެދުމަށްފަހު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ. އަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ރިޔާސީ އިންތިޚާބަށް" ކުރިމަތިލުމުގެ މުއްދަތު 19 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.