Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު ސިޔާސީ

އިންޑިއާއިންގެ އެހީއަކީ ކޮވިޑުން އަރައިގަތުމުގެ ފެށުން: ރައީސް ނަޝީދު

އިންޑިއާއިން ރާއްޖެއަށްދޭ އެހީތެރިކަމަކީ ކޮވިޑް-19 އިން އަރައިގަތުމުގެ ފެށުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ގޮތުން 100،000 ވެކްސިން މިއަދި ރާއްޖެއަށް ލިބޭނެ ކަމަށެވެ.

އިންޑިއާގެ މި އެހީތެރިކަމަކީ މި ބަލިމަޑުކަމުން އަރައިގަތުމުގެ ފެށުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި މީގެ ކުރިން ދިވެހިންނަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި ވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިފައިވާ ކަމަށާއި، އެންމެ ފުރަތަމަ ރާއްޖެއަށް އެހީވާ އަދި ބަރޯސާވެވޭ ޤައުމަކަށް އިންޑިއާ ވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

https://platform.twitter.com/widgets.js