Last Updated: June 30, 18:04
Tuesday, June 30, 2026
ޚަބަރު

ޝަރަފުއްދީންގެ ގްރޭޑް 10 ގެ ބައްދަލުވުމެއް މިރޭ

ސ. ހިތަދޫ ޝަރަފުއްދީން ސްކޫލުން މި އަހަރު އޯލެވެލްގައި ބައިވެރިވާ ކުދިންނާއި ބެލެނިވެރިންނަށް ހާއްސަ ބައްދަލުވުމެއް މިރޭ ބާއްވާނެ ކަމަށް ސްކޫލުން ބުނެފި އެވެ.

ޝަރަފުއްދީން ސްކޫލުގެ އިސް އޮފިޝަލަކު ވިދާޅުވީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ފެށޭ އޯލެވެލް އިމްތިހާނާއި ގުޅޭ ގޮތުން ބެލެނިވެރިންނާއި ކުދިން އެކުގައި ބައްދަލު ކުރުމުގެ ބޭނުމަކީ އިމްތިހާނާއި ގުޅޭ ގޮތުން މުހިއްމު މައުލޫމާތުތައް ހިއްސާ ކުރުން ކަމަށެވެ.

އެހެން ކަމުން މިރޭ 8:00 ޖަހާ އިރަށް ގްރޭޑް 10ގެ ކުދިންނާއި ބެލެނިވެރިން ސްކޫލަށް ހާޒިރުވުމަށް ސްކޫލުން ވަރަށް ބޮޑަށް އެދެ އެވެ.

ޝަރަފުއްދީން ސްކޫލަކީ މިދިޔަ އަހަރުގެ އިމްތިހާނުގައި ވެސް މުޅި ރާއްޖެއިން އެންމެ ފާހަނގަކޮށްލެވޭ ނަތީޖާ ނެރުނު ސްކޫލެވެ.

އެހެންކަމުން މިއަހަރުގެ އިމްތިހާނުގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް ސްކޫލުން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ.

ބާރަސަތޭކަ އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ޝަރަފުއްދީން ސްކޫލަކީ އައްޑޫގައި ހުރި އެންމެ ބޮޑު ސްކޫލެވެ.

މި ސްކޫލަކީ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުން އަންނަ ސްކޫލެކެވެ.