Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ޔުނައިޓެޑް އަލުން އެއްވަނަ އަށް

2-1 އިން ފުލަމް ބަލިކޮށް ޕްރިމިއާ ލީގުގެ އެއްވަނަ އަށް މެންޗެސްޓަރ ޔުނައިޓެޑް އަލުން އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުނައިޓެޑް އޮތީ 40 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 38 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީ އެވެ.

ފުލަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި ލުކްމަން ވަނީ ފުލަމް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި އެޑިންސަން ކަވާނީ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ޔުނައިޓެޑް މޮޅުވި ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕޯލް ޕޮގްބާ އެވެ.

މިއީ އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ޔުނައިޓެޑުން ހޯދި ހަތަރުވަނަ މޮޅެވެ.

ލީގުގެ ރޭ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީން ވަނީ އެސްޓަންވިލާގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާ އާއި އިލްކާއި ގުންޑޮގާން އެވެ. މިއީ ސިޓީން މި ސީޒަނުގައި ބަލިނުވެ ފުރިހަމަ ކުރި 16 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.