Last Updated: April 23, 14:18
Tuesday, April 23, 2024
ޚަބަރު

ވެކްސިން ބަައްޓާފައިވަނީ ރައްކާތެރިކޮށް: އެޗްޕީއޭ

އިންޑިއާއިން އިއްޔެ ރާއްޖެ ހަދިޔާ ކުރި ކޮވިޑު-19 ވެކްސިން ގުދަންކޮށްފައިވަނީ ރައްކާތެރިކަމާއި އެކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

ރާއްޖެ ގެނައި ކޮވިޑު ވެކްސިނާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވީ ވެކްސިން ބަހައްޓާފައިވަނީ ރައްކާތެރިކަމާއި އެކު އެޗްޕީއޭގެ ކޯލްޑު ރޫމްގައި ކަމަށެވެ.

"ވެކްސިން ބަހައްޓާފައިވަނީ ހުންނަން ޖެހޭ މިންގަނޑުގައި، ރައްކާތެރިކޮށް މޮނިޓަރ ކުރެވެމުން ދަނީ" ތަހޭ ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް އިއްޔެ ހަދިޔާ ކުރި ވެކްސިނަކީ އޮކްސްފޯޑު ޔުނިވާސިޓީގެ އަސްޓްރަޒެނެކާއިން އުފެއްދި ކޮވިޝީލްޑްގެ 100،000 ޑޯޒްއެވެ. މި ވެކްސިން ބަހައްޓަން ޖެހެނީ 8-2 ޑިގްރީ ދެމެދުގެ ފިނި ހޫނު މިނެއްގައެވެ.

އެޗްޕީއޭއިން އިއްޔެ ބުނީ ވެކްސިން ރައްޔިތުންނަށް ދޭން ފަށާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ހުއްދަ ލިބުމުން ކަމަށެވެ.