Last Updated: April 20, 13:48
Saturday, April 20, 2024
ދުނިޔެ އެމެރިކާގެ ރައީސް

ޓްރަމްޕް އިމްޕީޗް ކުރުމުގެ ޝަރީއަތް އަންނަމަހު ފަށަނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރުމަށް ބާއްވާ ޝަރީއަތް އަންނަ މަހު ފެށުމަށް އެމެރިކާގެ މަތިގެއިން ނިންމައިފި އެވެ.

ސެނެޓްގެ ލީޑަރާ ހަވާލާ ދެއްވާ ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕް އިމްޕީޗް ކުރުމަށް ބާއްވަންޖެހޭ ޝަރީއަތް ބާއްވާނެ ކަަމަށާއި، އަދި އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ފަަށާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ޓްރަމްޕް އިމްޕީޗް ކުރުމަށް ނިންމާފައިވަނީ ރިޔާސީ އިންތިހާބުން ޓްރަމްޕް ބަލިވުމުން އޭނާއަށް ސަޕޯޓްކުރާ ފަރާތްތަކުން އެމެރިކާގެ ސެނެޓް ހުންނަ ކެޕިޓޮލްއަށް ހަމަލާދީ އެތަނަށް ވަދެ ހިންގި ކަންކަމުގައި ޓްރަމްޕް އެމީހުނަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ ދައްކުވާފައިވާތީ އެވެ.

ކެޕިޓޮލް ހާދިސާ އާއި ގުޅިގެން އެމެރިކާގެ ތިރިގެއިން ޓްރަމްޕް އަޒުލު ކުރުމަށް ފާސްކޮށްފައިވާއިރު، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް 232 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

އެމެރިކާގެ މަތިގޭގެ ލީޑަރު ވިދާޅުވީ ޓްރަމްޕް އަޒުލުކުރުމަށް ތިރިގޭގެ މެމްބަރުން ހުށަހަޅާ މައްސަލަ ހުށަހެޅުމުން، އެ މައްސަލައަށް ޖަވާބު ދިނުމަށާއި، ހެކި ހުށަހެޅުމަށް ޓްރަމްޕްގެ ވަކީލުންނަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

ޓްރަމްޕް އަޒުލުކުރުމުގެ ޝަރީއަތް ފެށޭނީ ފެބްރުއަރީ 8 ވަނަ ދުވަހު އެވެ.

ޓްރަމްޕް އިންތިހާބުން ބަލިވެ އެމެރިކާގެ އާ ރައީސް ޖޯ ބައިޑަން މަގާމުގެ ހުވާ ކުރައްވާފައިވަނީ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.