Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

އެފްއޭ ކަޕުން އާސެނަލް ކަޓައިފި

ސައުތްހެމްޓަން އަތުން 1-0 އިން ބަލިވެ އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން އާސެނަލް ކަޓައިފިއެވެ.

އާސެނަލް އަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު، މިއީ ހަ މެޗަށްފަހު އެޓީމު ބަލިވި ފުރަތަމަ މެޗެވެ.

ސައުތްހެމްޓަންގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ މެޗުގެ 24 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަށްފަހު ވެސް ސައުތްހެމްޓަން އިން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގެެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި އާސެނަލް އިން ކުޅުން ރަނގަޅުކޮށް، ސައުތްހެމްޓަންގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަވަސް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މުބާރާތުގެ އަނެއް ބުރުގައި ސައުތްހެމްޓަން އިން ބައްދަލުކުރާނީ ވުލްވްސްއާ އެވެ.