Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

މާރާމާރީގެ ދެ މައްސަލައަކާއި ގުޅިގެން ބިދޭސީންތަކެއް ހޯދަނީ

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މާރާ މާރީގެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ބަނގުލަދޭޝްގެ ދެ ރައްޔިތުންކަމަށްވާ އުމުރުން 31 އަހަރުގެ މުޙައްމަދު ބޮކިލް ހޮސައިން އާއި 41 އަަހަރުގެ މުހަމަދުލް ހަސަންއެވެ.

މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 99110099 އަށް ގުޅުއްވައި ހިއްސާ ކުރުމަށްވެސް ފުލުހުންވަނީ އެދިލައްވާފައެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ފަރާތުން މިފަދަ އެތައް ކަމެއް ދަނީ ފެންނަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ މަގުމަތިން މީހުންނަށް ފުރައްސާރަކޮށް އަންހެނުންތަކަކާއި ފޮށުނު ބިދޭސީ އެއް ފުުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިފަދަ މީހުން ހޯދުމުގައި އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް އެ އިދާރާއިން ވަނީ ޝުކުރު ދަންނަވާފައެވެ.