Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

ހދ.ކުމުންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ހދ.ކުމުންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.

މި މަސައްކަތްތައް ފަށާފައިވަނީ އިއްޔެ ކަމަށް އެ ރަށު ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ކުމުންދޫގެ ނަރުދަމާއި ފެނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީ އާއެވެ.

ކުމުންދޫ ކައުންސިލުން ހާމަކުރެެއްވި ގޮތުގައި މި މަޝްރޫއު ނިމޭއިރު އެރަށުގައި އާރޯ ޕްލާންޓެއެއް ގާއިމްކުރެވި ފެނާ ނަރުދަމާގެ ޙިދުމަތް ހުރިހާ ގެއަކަށް ލިބިގެންދާނެކަމަށެވެ.

މި މަޝްރޫއު ފަށައިގެން ކުރިއަށްދިއުމަށް އެމްޑަބްލިއުއެސްސީއާއި ހަވާލުކުރެވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެގޮތުން 102 މިލިއަން ރުފިޔާގެ ބަޖެޓެއްގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެ ކުންފުނިން ވަނީ އެއްބަސްވެފައެވެ.