Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު ޖެންޑާ މިނިސްޓްރީ

ދައުލަތުން ބަލަހައްޓާ 11 ކުއްޖަކު ފުވައްމުލަކަށް ބަދަލުކޮށްފި

ޖެންޑާ މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކަށް ވަޑައިގެން، ޒަރޫރީ ބޭނުންތަކަށް ރަށްތަކަށް ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި އެކު، ފޮޓޯ: ޖެންޑާ މިނިސްޓްރީ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގަިއ ތިބި ކުދިންގެ ތެރެއިން 11 ކުއްޖަކު ފުވައްމުލައް ސިޓީގައި ހުންނަ "އަމާންވެއްޓަށް" ބަދަލުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ ހިޔާއާއި ފިޔަވަތީގައި ބަލަހައްޓާ ކުދިން ރަށްރަށުގެ އަމާން ވެއްޓަށް ބަދަލުކުރަނީ އެކުދިން އާއިލީ އަދި އިޖުތިމާއީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެ ކުދިންނާއި އެކު ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީވެސް ވަނީ ފުވައްމުލަކު ސިޓީއަށް ޒިޔާރަތްކުރައްވާފަ އެވެ.

ފުވައްމުލައް ސިޓީގެ އިތުރުން އިތުރު ސަރަހައްދުތަކުގައި ހުރި އަމާންވެއްޓަށި ތަކަސްވެސް ކުދިން ބަދަލުކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން މީގެ ކުރިން ކޮށްފައިވެ އެވެ. އަމާންވެށީގެ ސެންޓަރުތައް ހުންނަނީ ށ. ފުނަދޫ އަދި ބ. އޭދަފުށިގަ އެވެ.