Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ ކޮރޯނާ ވައިރަސް

މެކްސިކޯގެ ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

މެކްސިކޯގެ ރައީސް-- ފޮޓޯ: އޭއެފްޕީ

މެކްސިކޯގެ ރައީސް އަންޑްރެސް މެނުއެލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މެކްސިކޯގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެހެން ނަމަވެސް ބަލީގެ ހާލަތު ގޯސްނޫން ކަމަށެވެ.

އުމުރުން 67 އަހަރުގެ މެކްސިކޯގެ ރައީސް އަށް ވަނީ، އެ ގައުމުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ދޯދިޔާވުމާއި ވުމާއި ގުޅުން ފާޑުކިޔުންވެސް އަމާޒުވެފަ އެވެ. އެގޮތުން އެ ގައުމު ލޮކްޑައުން ކުރުމަށް ގިނަ ދުވަސްނެގުމާއި، ގައިދުރު ކަމެއް ނެތި މާސްކްނާޅާ އުޅުމުގެ ސަބަބުންވެސް މެކްސިކޯގެ ރައީސް އަންޑްރެސް މެނުއެލްއަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

މެކްސިކޯއިން މިހާތަނަށް ޖުމުލަ 1.75 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ. އަދި މަރުމީހުންގެ އަދަދު 149،000 އަށްވުރެއް މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މެކްސިކޯގައި ކޮވިޑް-19 ގެ ދެވަނަ ރާޅެއް ފެތުރެމުން އަންނައިރު، އެގައުމުގެ ވެރިކަކަން ކުރާ ސިޓީގެ ހޮސްޕިޓަލްތަކުގެ 90 އިންސައްތަ އެނދު ފުރިފައިވާ ކަމަށް ވެސް ބޭރުމީޑިއާތަކުން ރިޕޯޓްކުރެ އެވެ.