5-0 އިން ވެސްޓްބްރޮމްގެ މައްޗަށް ކުރި ހޯދައި ޕްރިމިއާ ލީގުގެ އެއްވަނަ އަށް މެންޗެސްޓަރ ސިޓީ އަރައިފިއެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 41 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 40 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު ރޭގެ މެޗުން ބަލިވި ވެސްޓްބްރޮމް އޮތީ 11 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.
ވެސްޓްބްރޮމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ ހަވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގާން އެވެ. އަދި މެޗުގެ 20 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލު ކަންސެލޯ ކާމިޔާބުކޮށްދިންއިރު އޭގެ 10 މިނެޓް ފަހުން ގުންޑޮގާން ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ރިޔާދް މަހްރޭޒް ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަސްވަނަ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.
މިއީ ސިޓީން ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން ވަނީ 3-1 އިން ސައުތްހެމްޓަންގެ މައްޗަށް ކުރި ހޯދައި ލީގުގެ 8 ވަނަ މަގާމަށް އަރާފައެވެ. މި މެޗުގައި އާސެނަލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޕެޕޭ އާއި ސަކާގެ އިތުރުން ލަކަޒެޓް އެވެ.