Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ހިތަދޫ ނެރަށް ދޯންޏެއް އަރައިފި

ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ހިތަދޫ ނެރަށް ދޯންޏެއް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، ފަރުމަސްވެރިކަން ކުރާ ދޯންޏެއްކަމަށްވާ "ކޯމަސް"ދޯނި ހިތަދޫ ނެރު ކަންމައްޗަށް އެރުމާއި ގުޅިގެން އެ ދޯނި ފުންކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ސަރަހައްދީ ކޯސްޓްގާޑުން ކުރަމުން އަންނަކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނި މިއަދު ހެނދުނު 09:53 ހާއިރު ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

މި ދޯނީގައި ތިބީ ތިން ދިވެހިންނާއި ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.