Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު ރައީސް ސޯލިހު

ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތް ނިމެން ގާތްވެސް ނުވޭ: ރައީސް ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ކުރިއެރުން ލިބުނު ނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތް ނިމެން އަދި ގާތްވެސް ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފަިއވަނީ ޤައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުމަށް ޓްރާންޕޭރެންސީ އިންޓަރނޭޝަނަލްގެ ފަރާތުން ކޮންމެ އަހަރަކު ތައްޔާރުކުރާ ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ރާއްޖެ 14 ޕޮއިން މައްޗަށް ޖެހިލުމާއި ގުޅިގެންނެވެ.

އެގޮތުން ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތް ނިމުމަށް އަދި ގާތް ނުވި ނަމަވެސް، ކުރާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ފެންނަމުންދިޔުމަކީ ލިބޭ ހިތްވަރެއްކަމަށެވެ.

މިދިޔަ އަހަރުގެ ސީޕީއައިއިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 73 ވަނައިގައެވެ. 2019 ވަނަ އަހަރާއި އަޅާ ބަލާއިރު މިއީ 14 ޕޮއިންޓްގެ ކުރިއެކުމެވެ. އަދި ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު މިއީ 55 ދަރަޖައިގެ ކުރިއެރުމެކެވެ.