Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު ފަތުރުވެރިކަން

ޖެނުއަރީ މަހު ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 90،000 އިން މަތީގައި

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

ނިމުނު ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 90،000 އިން މަތީގައިހުރި ކަމަށް ތަފާޒް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި، ޖެނުއަރީ މަހުގައި ރާއްޖެއަށް ވަނީ 92103 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރިވަރަށް ވުރެއް 2000 ފަތުރުވެރިން އިތުރު އަދަދެކެވެ. އެ މިނިސްޓްރީން ޖެނުއަރީ މަހަށް އަންދާޒާކޮށްފައިވަނީ 90،000 ފަތުރުވެރިން ޒިޔާރާތް ކުރާނެ ކަމަށެވެ.

ޖެނުއަރީމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ޤައުމުން 20،973 ފަތުރުވެރިން ޒިޔާރާތް ކުރި އިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އަވައްޓެރި އިންޑިއާއިން ވަނީ 19،135 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ޔޫކްރއިންއިން ވަނީ 7،210 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް އަމާޒުހިފާފައި ވަނީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.